ދަރިވަރު ނިޔާވި ޓެކްސީ ދުއްވި މީހާ އިނީ މަސްތުވެގެން
މެލޭޝިޔާގެ ސުބަންގް ޖަޔާގައި ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި އެ ގައުމުގައި ތައުލީމު ހާސިލުކުރަމުންދިޔަ ދިވެހި އަންހެން ދަރިވަރަކު ނިޔާވިއިރު އެ ކާރު ދުއްވަން އިން މީހާ ވަނީ މަސްތުވާތަކެއްޗަށް ޕްޒިޓިވްވެފަ އެވެ.
މެލޭޝިޔާގެ ސުބަންގް ޖަޔާގައި ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި އެ ގައުމުގައި ތައުލީމު ހާސިލުކުރަމުންދިޔަ ދިވެހި އަންހެން ދަރިވަރަކު ނިޔާވިއިރު އެ ކާރު ދުއްވަން އިން މީހާ ވަނީ މަސްތުވާތަކެއްޗަށް ޕްޒިޓިވްވެފަ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް (22އ) އެވެ.
ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، ރޭ ގާތްގަނޑަކަށް 8:48 ހާއިރު މި އެކްސިޑެންޓް ހިނގީ ރައިޑް ޝެއަރިންގ ހިދުމަތްދޭ 37 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި ޕެރޯޑުއާ އެޓީވާ ބްރޭންޑްގެ ކާރެއް، އެހެން ކާރެއްގައި ޖެހިގެންނެވެ.
ޖެހުނު ބާރުމިނުގައި ކާރު ކަހައިގެން ގޮސް މަގުމެދަށް ފުރޮޅާލިއިރު، އެ ކާރުގައި ދަތުރުކުރީ ކޮލެޖެއްގައި ކިޔަވަމުންދިޔަ 22 އަހަރުގެ ދެ ދިވެހި އަންހެން ދަރިވަރުންނެވެ.
މި އެކްސިޑެންޓުގައި އިމީލީ ނިޔާވީ ކާރު ތެރޭގައި ތާށިވެ، ލިބުނު ބޮޑެތި އަނިޔާތަކަކާ ގުޅިގެންނެވެ.. އެމަޖެންސީ ޓީމުތަކުން އެ ސަރަހައްދަށް ދިޔައިރުވެސް އޭނާ ނިޔާވެފައިވާއިރު، ހަށިގަނޑު މިހާރު ވަނީ އޮޓޯޕްސީ ހެދުމަށްޓަކައި ސަރްޑަންގް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައެވެ. ކާރުގައި އިން އަނެއް ދަރިވަރަށް ސީރިއަސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
އެކްސިޑެންޓަށްފަހު ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި ދެ ކާރު ދުއްވަން ތިބި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، ޓެކްސީ ދުއްވަން އިން މީހާ ވަނީ މެތަމްފެޓަމިން އަށް ޕޮޒިޓިވްވެފައެވެ. ކޯޓުން މިހާރު ވަނީ ތަހުގީގަށް އޭނާގެ ބަންދަށް 4 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް