އަމިއްލައަށް ބޭހަށްދާން ދޭ 1،000 ޑޮލަރު ވަކި ގައުމުތަކަށް ހާއްސަކޮށްފި
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި ބަދަލާއެކު، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް 1000 ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް )ޔޫއޭއީ( އަށް ދާ ފަރާތްތަކަށް އެކަންޏެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ މީހުންނަށް ދޫކުރާ 2000 ޑޮލަރަށް އެއްވެސް ބަދަލެއް ނުގެނެސް، އަމިއްލަ ޚަރަދުގައި ފަރުވާ ހޯދަންދާ މީހުންނަށް ދޭ 1000 ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ 6 ގައުމަކަށް އެކަނި ދޫކުރާގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި ބަދަލާއެކު، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް 1000 ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދާ ފަރާތްތަކަށް އެކަންޏެވެ.
މިގޮތަށް އުސޫލު ބަދަލުކުރީ، ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ފަރުވާއަށްދާ މީހުންނެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ޚަރަދުގައިދާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކަނިވެސް އެފަދަ ފަރާތްތަކަށް 29.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ދޫކުރަމުންދާނީ ކުރިއެކޭވެސް އެއްގޮތަށް ބޭންކުތައް މެދުވެރިކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް