އިގްތިސާދު

ސެޕްޓެމްބަރު މަހު ބޭރު ފައިސާގެ މާލީ އެސެޓްތަކަށް 1 ބިލިއަން ރުފިޔާގެ ދައްވުމެއް

ބޭރު ފައިސާއިން ހުރި ކޭޝް އަދި ރާއްޖެއާއި ރާއްޖެ އިން ބޭރުގެ ބޭންކުތަކުގައިވާ ޑިޕޮސިޓްތަކުގެ އަދަދު އޮގަސްޓް މަހު ހުރި 7.77 ބިލިއަން ރުފިޔާއިން، ސެޕްޓެމްބަރު މަހު ވަނީ 6.68 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ 1.09 ބިލިއަން ރުފިޔާގެ ދައްވުމެއްކެވެ. 

14 October 2026
ސެޕްޓެމްބަރު މަހު ބޭރު ފައިސާގެ މާލީ އެސެޓްތަކަށް 1 ބިލިއަން ރުފިޔާގެ ދައްވުމެއް

މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އެމްއެމްއޭގައި ހުރި ބޭރު ފައިސާގެ މާލީ އެސެޓްތަކުގެ ޖުމްލަ އަގު އެއް ބިލިއަން ރުފިޔާގެ ދަށްވުމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މާލީ ހާލަތުގެ ބަޔާނުން ދައްކާގޮތުގައި އޮގަސްޓް 2026 ގެ ނިޔަލަށް ބޭރު ފައިސާގެ މާލީ އެސެޓްގެ ގޮތުގައި 12.13 ބިލިއަން ރުފިޔާ ހުރިއިރު، ސެޕްޓެމްބަރު 2026 ނިމުނުއިރު މި އަދަދު ވަނީ 11.09 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ۔ މިއީ ގާތްގަނޑަކަށް 1.05 ބިލިއަން ރުފިޔާ (ނުވަތަ %8.6) ގެ ދައްވުމެކެވެ۔

ކޭޝް އަދި ބޭންކުތަކުގައިވާ ބެލެންސް
 
ބޭރު ފައިސާއިން ހުރި ކޭޝް އަދި ރާއްޖެއާއި ރާއްޖެ އިން ބޭރުގެ ބޭންކުތަކުގައިވާ ޑިޕޮސިޓްތަކުގެ އަދަދު އޮގަސްޓް މަހު ހުރި 7.77 ބިލިއަން ރުފިޔާއިން، ސެޕްޓެމްބަރު މަހު ވަނީ 6.68 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ (1.09 ބިލިއަން ރުފިޔާގެ ދައްވުމެއް) ކެވެ.  

ބޭރުގެ ރިޒާވް މެނޭޖްމަންޓަށް އިންވެސްޓްކޮށްފައިވާ ފިކްސްޑް އިންކަމް ސެކިއުރިޓީޒްގެ އަގު ވަނީ 3.11 ބިލިއަން ރުފިޔާއިން 2.74 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ۔ މީގެ އިތުރުން މޮނިޓަރީ ގޯލްޑް ރިޒާވްގެ ގޮތުގައި ބަހައްޓާފައިވާ ރަނުގެ މާކެޓް އަގު ވަނީ 136.51 މިލިއަން ރުފިޔާއިން 129.34 މިލިއަން ރުފިޔާއަށް ކުޑަކޮށް ދަށްވުމެއް ފާހަގަވެ އެވެ. 

މި މައުލޫމާތުތަކުން އެނގޭ ގޮތުން ކުރު މުއްދަތުގެ ލޯނު އޮގަސްޓް މަހު ވާނީ ބޭންކުތަކަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ލޯނުގެ އަދަދު 585.96 މިލިއަން ރުފިޔާގައި ހުރިއިރު، ސެޕްޓެމްބަރު މަހު މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ۔ އަދި ބޭރު ފައިސާގެ އެސެޓްތަކަށް މިއައި ބަދަލާއެކު، އެމްއެމްއޭގެ ޖުމްލަ އެސެޓް ލޯކަލް ކަރަންސީ އަދި ނޮން ކަރަންޓް އެސެޓް ހިމެނޭހެން ވަނީ 31.18 ބިލިއަން ރުފިޔާއިން 30.12 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ۔

ދަށްވީ ކީއްވެ ؟ - އާންމު ގޮތެއްގައި މަރުކަޒީ ބޭންކެއްގެ ބޭރު ފައިސާގެ އެސެޓް ނުވަތަ ރިޒާވްގެ ކޭޝް ބެލެންސްތައް ދަށްވަނީ ދަރަނި ދެއްކުމަށް ނުވަތަ އިމްޕޯޓް މުއާމަލާތްތަކަށް ބޭރު ފައިސާ ދޫކުރުމާއި ބޭރުގެ ސެކިއުރިޓީޒް/ރަނުގެ މާކެޓް އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ۔

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް