އިގްތިސާދު

ހަރަދުތައް އިތުރުވެ، ބަޖެޓު ޑެފިސިޓް 4.4 ބިލިއަން ރުފިޔާއަށް

މިއަހަރުގެ އޮކްޓޫބަރު 8 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 35.9 ބިލިއަން ރުފިޔާއަށް އަރައި، 4.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ރެކޯޑުކުރެވިއްޖެއެވެ.

14 October 2026
ހަރަދުތައް އިތުރުވެ، ބަޖެޓު ޑެފިސިޓް 4.4 ބިލިއަން ރުފިޔާއަށް

އާމްދަނީއަށް ކުރިއެރުމެއް ލިބުނު ނަމަވެސް، ސަބްސިޑީއާއި މުސާރަ އަދި އިދާރީ ހިންގުމުގެ ޚަރަދުތައް ބޮޑުތަނުން އުފުލުމާ ގުޅިގެން، މިއަހަރުގެ އޮކްޓޫބަރު 8 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 35.9 ބިލިއަން ރުފިޔާއަށް އަރައި، 4.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ރެކޯޑުކުރެވިއްޖެއެވެ.

ޚަރަދުތައް ބޮޑުވި މައިގަނޑު ދާއިރާތައް:

  1. އެހީއާއި ސަބްސިޑީ:

    • އެހީއާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ޚަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ، 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ.

    • މީގެ ތެރެއިން އެކަނި ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ، 4.265 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

    • އާސަންދައަށް ކުރި ޚަރަދު 23.6 އިންސައްތަ އިތުރުވެ، 1.910 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

  2. މުސާރައާއި އުޖޫރަ:

    • ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް ކުރި ހޭދަ ވަނީ 14.1 އިންސައްތަ އިތުރުވެ، 5.556 ބިލިއަން ރުފިޔާއަށް އަރާފައެވެ.

  3. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ):

    • ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕީއެސްއައިޕީއަށް ކުރި ޖުމްލަ ޚަރަދު 16.0 އިންސައްތަ އިތުރުވެ، 4.312 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

  4. އިދާރީ ހިންގުމާއި އުމްރާނީ ތަރައްގީ:

    • އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައެވެ.

      Uploaded image

ޚަރަދު ކުޑަވި ދާއިރާ:

  • ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2 އިންސައްތަ ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޖުމްލަ ޚަރަދާއި އާމްދަނީގެ ޚުލާސާ:

  • ޖުމްލަ ޚަރަދު: 35.984 ބިލިއަން ރުފިޔާ (18.3 އިންސައްތައިގެ އިތުރުވުމެއް)

    • ރިކަރަންޓް ޚަރަދު: 31.053 ބިލިއަން ރުފިޔާ

    • ކެޕިޓަލް ޚަރަދު: 4.931 ބިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ: 31.566 ބިލިއަން ރުފިޔާ (3.0 އިންސައްތައިގެ އިތުރުވުމެއް)

  • އޯވަރޯލް ޑެފިސިޓް: 4.418 ބިލިއަން ރުފިޔާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް