ޑިޖިޓަލްކޮށް ޓްރެކްކޮށް، ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް މެސެޖު ފޮނުވަން ފަށަނީ
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ މީހުން ޑިޖިޓަލްކޮށް ޓްރެކްކޮށް، އެސްއެމްއެސް )ށޟށ( އަދި އީ-މެއިލް މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރަން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ މީހުން ޑިޖިޓަލްކޮށް ޓްރެކްކޮށް، އެސްއެމްއެސް (SMS) އަދި އީ-މެއިލް މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރަން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ބޭނުމުގައި، އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާތަކުން ފިޔަވަޅު އަޅަން ފަށާނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
ސިމްސް (SIMS) ޕޯޓަލް އަޕްޑޭޓްކުރުމަށް އިލްތިމާސްކުރުން
ފުލުހުން ކުރިއަށް ގެންދާ މި މަސައްކަތުގައި، ގަވާއިދާ ހިލާފުވެގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެ މީހަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ސިމްސް (SIMS) ޕޯޓަލް މެދުވެރިކޮށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފުރަތަމަ މަރުހަލާގައި ޑިޖިޓަލްކޮށް ފިޔަވަޅު އަޅާނެ ސަރަހައްދުތައް:
މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދޭނެ ސަރަހައްދުތަކަކީ:
ހާއްސަ ސަރަހައްދުތައް: ހޮސްޕިޓަލް ސަރަހައްދު، ސްކޫލް ސަރަހައްދު، ކަފިހިހުރަސް، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ސްލޮޓްތައް.
މާލޭގެ މައި މަގުތައް: މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު.
ހުޅުމާލެ ފޭސް 1: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު.
ހުޅުމާލެ ފޭސް 2: ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާއިރު، މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް