އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީ އަފީފް މަގާމުން ވަކިކޮށްފި
އުވާލުމުގެ ނިންމުން ނިންމާފައިވާ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އުވާލުމުގެ ނިންމުން ނިންމާފައިވާ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި އަފީފް މަގާމުން ވަކިކުރިކަން މިއަދު ވަނީ އަންގާފައެވެ.
މި ސަރުކާރުގައި ފެނަކައިގެ އެމްޑީކަން ކުރެއްވި ބޭފުޅުން:
އަފީފަކީ މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި 3 ވަނަ ބޭފުޅާއެވެ.
މުއާޒް މުހައްމަދު ރަޝީދު (މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި
މުހައްމަދު ނަޖާހު
މުހައްމަދު އަފީފް ހުސައިން
ފެނަކަ އުވާލުމުގެ ނިންމެވުން
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުން އައި ހުރިހާ ރަށެއްގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފަންނީ ބޭފުޅުންގެ ލަފާގެ މަތިންނާއި އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުންފުންޏެއް ނޫނެވެ.
މަގާމުން ވަކިކުރެވުނު އަފީފަކީ ކުރިން ފެނަކައިގެ ޗެއާމަންކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީގެ މަގާމާ އަލުން ހަވާލުވެވަޑައިގެން، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމާއި (ޑައުންސައިޒްކުރުން) އިންޖީނުގެތަކުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް ކުރުމުގައި އިސްކޮށް އުޅުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް