ހަބަރު

ސަރުކާރުގެ އަމާޒު ؛ އިމްޕޯޓްކުރުމާ ނުލައި ކާބޯތަކެތި ރާއްޖޭގައި ހެއްދުން

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމުގައި ދިވެހި ހީވާގި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތަކުގެ މަތިން އަމިއްލަ ފަސްގަނޑުގައި ދަނޑުވެރިކަން ކުރުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

15 October 2026
ސަރުކާރުގެ އަމާޒު ؛ އިމްޕޯޓްކުރުމާ ނުލައި ކާބޯތަކެތި ރާއްޖޭގައި ހެއްދުން

ރާއްޖެއަށް ބޭނުންވާ މިންވަރަށް، އިމްޕޯޓްކުރުމާ ނުލައި ކާބޯތަކެތި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމުގައި ދިވެހި ހީވާގި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތަކުގެ މަތިން އަމިއްލަ ފަސްގަނޑުގައި ދަނޑުވެރިކަން ކުރުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ރާއްޖެއިން ބޭރުވާ ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ހެއްދޭނެކަމަށް ކަނޑައެޅިފައިވާ ބާވަތްތައް ބޭރުން އެތެރެކުރުމުގެ ބަދަލުގައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ގައުމުގައި ހައްދައި ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނެ މަގު ތަނަވަސްކޮށްދެއްވުމަށް މެދުނުކެނޑި މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އަޒުމެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށާއި، ދަނޑުވެރި އާއިލާތަކަށް އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް