ފީފާގެ މެމްބަރުންނަށް 25 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ: އެފްއޭއެމަށް އަހަރަކު 96 މިލިއަން ރުފިޔާ ލިބޭނެ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ )ފީފާ( ގެ މެމްބަރު ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު )385 މިލިއަން ރުފިޔާ( ގެ މާލީ އެހީއެއް ފޯރުކޮށްދިނުމަށް ކަނޑައަޅައި، އެ ހުށަހެޅުން ކުރިއަށް އޮތް ޑިސެމްބަރު މަހު ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މެމްބަރު ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ މާލީ އެހީއެއް ފޯރުކޮށްދިނުމަށް ކަނޑައަޅައި، އެ ހުށަހެޅުން ކުރިއަށް އޮތް ޑިސެމްބަރު މަހު ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މި މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ 2027 އިން 2030 އަށް، ހަތަރު އަހަރަށް ބަހާލައިގެންނެވެ. އެހެންކަމުން، ކޮންމެ އަހަރަކު 6.26 މިލިއަން ޑޮލަރު (96 މިލިއަން ރުފިޔާ) ދިވެހިފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އަށް ލިބިގެންދާނެއެވެ. މިއީ މާލީ ނުވަތަ ދަރަނީގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ އެފްއޭއެމް ހިންގުމަށާއި، ދިވެހި ފުޓްބޯޅައިގެ ކުރިމަގުގެ ތަރައްގީގެ ޕްރޮގްރާމްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
މީގެއިތުރުން، ދަތުރުފަތުރާއި ސާމާނު ހޯދުމަށް ކޮންމެ އެސޯސިއޭޝަނަކަށް 1.1 މިލިއަން ޑޮލަރު (16 މިލިއަން ރުފިޔާ) ލިބޭއިރު، ސަރަހައްދީ އެސޯސިއޭޝަންތައް ކަމަށްވާ ސާފް ފަދަ އިދާރާތަކަށް 8.25 މިލިއަން ޑޮލަރު (127 މިލިއަން ރުފިޔާ) ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އެންމެ ފަހުން ހއ. ދިއްދޫގައި ދެއްކެވި ވާހަކަފުޅުގައި ވަނީ، އެފްއޭއެމުން އަލަށް އުފައްދާ ސަރަހައްދީ އެސޯސިއޭޝަންތައް ހިންގުމަށް ފީފާގެ މާލީ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާފައިވާކަން ފާހަގަކުރައްވައިފައެވެ.
ޖުމްލަ 3.4 ބިލިއަން ޑޮލަރު (52 ބިލިއަން ރުފިޔާ) ގެ މި ބޮޑު މާލީ އެހީ ދުނިޔޭގެ ފުޓްބޯޅައަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ފީފާއަށް ލިބުނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ މާލީ ކާމިޔާބީގެ ސަބަބުންނެވެ. މި ހުށަހެޅުން އެންމެ ފަހުގެ ނިންމުމަކަށް ހެދުމަށްޓަކައި އަންނަ އަހަރުގެ މާޗު މަހު އޮންނަ ފީފާ ކޮންގްރެސްއަށް ހުށަހަޅާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް