އަންނަ ރޯދަ މަހުގެ ކުރިން އިތުރު 14 މިސްކިތެއް ހުޅުވަނީ
އަންނަ އަހަރުގެ ބަރަކާތްތެރި ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 14 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަރަކާތްތެރި ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 14 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ދާއިމީ ތިން މިސްކިތެއްވެސް ހިމެނެއެވެ.
އާބާދީ އިތުރުވަމުންދާ ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ހާއްސަކޮށްގެން އިމާރާތްކުރެވޭ މިސްކިތްތައް ނިންމުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށްދެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ގިނަ މިސްކިތްތަކުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި އިތުރު މިސްކިތްތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި އެކި ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކުރެވިފައެވެ.
ނިމިދިޔަ އަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި 15 މިސްކިތެއް ހުޅުވާފައިވާއިރު، ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ 8 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް