މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ހިނގައިބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަދި ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން، މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވުން މަނާ ހާއްސަ ގަޑިތަކެއް ކަނޑައަޅައި، އެ ނިންމުމަށް ސަރުކާރުން މިއަދު އަމަލުކުރަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، 350 ކިލޯއަށްވުރެ މަތީގެ ކުދި ޕިކަޕުން ފެށިގެން ގޮސް ބަރު އުޅަނދުތައް (ޓްރަކް، ފޯކްލިފްޓް، ކެރޭން އަދި ޓްރެއިލާ ފަދަ) މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކުގައި ދުއްވުން މަނާވާނީ އަންނަނިވި ގަޑިތަކުގައެވެ:
ހެނދުނު 06:00 އިން 08:30 އަށް
މެންދުރު 11:30 އިން 13:30 އަށް
މި ގަޑިތަކުގައި މާލޭގެ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގުތަކަކާއި، ހުޅުމާލޭގެ ހުރިހާ މަގުތަކެއްގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައިވެސް އެފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ އެ ގަޑިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިފައެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 2026/16) ގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
ސްކޫލްތަކާއި އޮފީސްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުން ދިމާވާ ތޮއްޖެހުމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، މީގެ ކުރިންވެސް ވަނީ ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ދުއްވުން މަނާކުރުމަށްފަހު ފަހުން އެ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް