ތިމަރަފުށީ ޓެރަރިޒަމް މައްސަލާގައި މިނިވަންވި މީހުން މޮނިޓާކުރަން މޮނިކޮން އަމުރެއް ނެރެފި
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވުމާއި އެކަމަށް ހިތްވަރުދިން ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވުމުގެ ސަބަބުން ކޯޓުން މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން )މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ( އަމުރެއް ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހެޅުމުން، އެ އަމުރު ކޯޓުން ނެރެދީފައިވާކަން އެނގިއްޖެއެވެ.
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވުމާއި އެކަމަށް ހިތްވަރުދިން ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވުމުގެ ސަބަބުން ކޯޓުން މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން (މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ) އަމުރެއް ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހެޅުމުން، އެ އަމުރު ކޯޓުން ނެރެދީފައިވާކަން އެނގިއްޖެއެވެ.
މި މައްސަލާގައި 8 މީހެއްގެ މައްޗަށް 7 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ދައުވާ ލިބުނު މީހުންގެ ތެރެއިން ކުށް ސާބިތުވީ އަލީ މުނީޒާއި، އަލީ އަރުހަމް މުހައްމަދާއި، އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. ނަމަވެސް، ބަންދުގައި ތިބި މުއްދަތު އަދަބުން އުނިކުރުމުން ޖަލުގައި ތަންފީޒުކުރަންޖެހޭ އަދަބެއް އޮތީ އަރުހަމްއަށް އެކަންޏެވެ. އެހެންވެ، އަނެއް 7 މީހުން ވަނީ މިނިވަންވެފައެވެ.
މިނިވަންވި މީހުން މޮނިޓާކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރަކަށް ހޯމް މިނިސްޓްރީން އެދުމުން، ހައި ކޯޓުން ބޭއްވި އަޑުއެހުމުގައި އެ އަމުރު ނެރެދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި އަމުރާއެކު އެ މީހުންގެ ފައިގައި ވަނީ އެންކަލް ބްރެސްލެޓް (ޓެގު) އަލުން އަޅުވަން ފަށައިފައެވެ. މިއީ މި ބާވަތުގެ އަމުރެއް ހައި ކޯޓުން މިފަހުން ނެރުނު ފުރަތަމަ ފަހަރެވެ.
މައްސަލައިގެ ފަސްފަހަތް:
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ ދަށުން ތިމަރަފުށީގައި ދީނީ ހަރުކަށި ފިކުރު ފެތުރުމަށާއި، "ނަސާހް 3" ދޯނި ތެރޭގައި އައިއީޑީއެއް ތައްޔާރުކޮށް ގޮއްވާލަން އެ މީހުން ވަނީ ރާވައިފައެވެ. މީގެއިތުރުން:
ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރުމާއި، ގޭގޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ކްލާސްތައް ހިންގުން.
2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދަނިކޮށް، އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލަން ރޭވުން.
ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރުން.
ކްރިމިނަލް ކޯޓުން ގިނަ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ދައުލަތުން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް