ހަބަރު

މާލޭގައި ބަނގުރާ ވިޔަފާރި ކުރި ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގެ ހ. މާދޫގޭގައި ހުންނަ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގެ އިސް ދިވެހި މީހާ އިއްޔެ ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

15 October 2026
މާލޭގައި ބަނގުރާ ވިޔަފާރި ކުރި ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގެ ހ. މާދޫގޭގައި ހުންނަ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގެ އިސް ދިވެހި މީހާ އިއްޔެ ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސްއެވެ. އޭނާއަކީ ބަނގުރާ ސްޓޮކް ފެނުނު އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.

މި މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި، މި މައްސަލާގައި މީގެ ކުރިން އަތުލައިގަތް ބިދޭސީންގެ ތެރެއިން ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ. އަދި އެ މީހުން ބަނގުރާ ވިއްކުމުގެ ޖަރީމާ ހިންގީ ރަޝްވާން އަންގައިގެން ކަމަށް އިންވެސްޓިގޭޝަން އޮފިސަރަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދުނު ނަމަވެސް ކޯޓުން އެ ފުރުސަތު ދީފައެއް ނުވެއެވެ.

މާދޫގޭގެ ދެ ފްލޯއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެއީ:

  • އަލް އަމީން (34 އަހަރު): 5 ދުވަހަށް ބަންދުކުރި

  • ޕޮލިން (43 އަހަރު): 5 ދުވަހަށް ބަންދުކުރި

  • އެމްޑީ ރަކިބް ހޮސެން (25 އަހަރު): 15 ދުވަހަށް ބަންދުކުރި

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރޭގައި ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް އަތުރާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައެވެ. އެ ތަނުން އިދާރީ ކަންކަމަށް ބޭނުންކުރާ ޕްރިންޓަރާއި އެހެނިހެން ސާމާނުވެސް ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް