ހަބަރު

ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި

ހުޅުމާލޭ ފޭސް އެކެއްގެ އިންޖީނުގެއާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން 25،011 އަކަފޫޓުގެ ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ގަނެފިއެވެ.

16 October 2026
ހުޅުމާލޭ ފޭސް އެކަކުން 94.5 މިލިއަން ރުފިޔާ ދީފައި ގަތް ބިން --- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް އެކަކުން 94.5 މިލިއަން ރުފިޔާ ދީފައި ގަތް ބިން --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފޭސް އެކެއްގެ އިންޖީނުގެއާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން 25,011 އަކަފޫޓުގެ ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ގަނެފިއެވެ.

މި މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބިން ގަތްކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެ ބިން ގަނެފައިވަނީ ސީދާ ކޮން ބޭނުމަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ މިއަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން ބިން ގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅުވެސް އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާގެ ބިމެއް އެ މިނިސްޓްރީން ވަނީ ގަނެފައެވެ. MIB

ފަސްފަހަތް:

ދައުލަތުގެ ތަފާތު ބޭނުންތަކަށް ހުޅުމާލެއިން ބިން ގަތުމަށް ފާއިތުވި އަހަރުތަކުގައިވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުވެސް:

  • "ސޭފް ހޯމް" ފެސިލިޓީއެއް ހެދުމަށް 31.5 މިލިއަން ރުފިޔާގެ ބިމެއް.

  • އެމްއެންޑީއެފްގެ އޮޕަރޭޝަނަލް އަދި އިމާޖެންސީ ރެސްޕޮންސް ޔުނިޓަކަށް 78.5 މިލިއަން ރުފިޔާގެ ބިމެއް ގަނެފައިވެއެވެ.

ހުޅުމާލޭގެ ބިންތަކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކަކަށްވާތީ، ސަރުކާރުގެ އިދާރާތަކުން ބޭނުންވާ ބިންތައްވެސް ޖެހެނީ އެޗްޑީސީއަށް ފައިސާ ދެއްކުމަށްފަހު ގަންނާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް