މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގައިވާ މުހިންމު 14 ބިމެއް ދައުލަތަށް ނަގަނީ
މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި މުހިންމު ސަރަހައްދުތަކެއް ކަމަށްވާ މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު ހިމެނޭހެން 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި މުހިންމު ސަރަހައްދުތަކެއް ކަމަށްވާ މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު ހިމެނޭހެން 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބިންތައް ދައުލަތަށް ނަގަން ނިންމީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިނިފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ. މި ނިންމުމާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތްނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ދައުލަތަށް ނެގުމަށް ނިންމާފައިވާ 14 ބިން:
ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
މަސް މާރުކޭޓު
މަސް މާރުކޭޓުގެ ހިއްކާފައިވާ ސަރަހައްދު
ލޯކަލް މާރުކޭޓު
ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް އިމާރާތް
ކާނިވާ ސަރަހައްދު
އާޓިފިޝަލް ބީޗު
މަސްވެރިންގެ މައިޒާން
ތައިސޭ ކޮށި
ކުލީ ފާޚާނާ ނަންބަރު 2
ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
ބޮނޑިބަތް ޕާކު
ރަސްފަންނު
ގާނޫނީ އިޖުރާއަތު:
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކެބިނެޓުން ކަނޑައަޅައިފިނަމަ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ މަހުއެވެ.
އާ އިސްލާހުގައިވާ ގޮތުން، ކައުންސިލުގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމި ކަމުގައިވިޔަސް، އެކަމުގައި ކައުންސިލާއެކު މަޝްވަރާކުރަންޖެހެއެވެ. އަދި ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމުވެސް ގާނޫނުން ވަނީ ފަހިކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް