ހޯމް މިނިސްޓަރު އަލީ އިހުސާން

ފުލުސް ގައިގަ ސައިކަލުން ޖައްސައިގެން ހައްޔަރުކުރި މީހުން ބަންދަށް

މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

17 October 2026
ފުލުސް ގައިގަ ސައިކަލުން ޖައްސައިގެން ހައްޔަރުކުރި މީހުން ބަންދަށް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

އޮކްޓޫބަރު 17 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖަހާފައިވަނީ:

  • ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) - އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި (ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާ)

  • އަޙްމަދު ސިނާޒް (30އ) - މަލަ / ކ. ގާފަރު (ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާ)

  • މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓަށް، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި އައިސް ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓުގައި ފުލުސް މީހާގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ އިތުރު ފަރުވާ ދެމުންނެވެ. ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް