ހޯމް މިނިސްޓަރު އަލީ އިހުސާން

ސައީދު ބަނޑުހައިކަމުގެ ހަޅުތާލުގަ 24 ގަޑިއިރާ ގާތަށް 

ރޭގެ ވަގުތެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ ސައީދުއާ ބައްދަލުކޮށްފަ އެވެ. 

18 October 2026
މޯލް މިނިސްޓަރު އަލީ އިހުސާން ސައީދުއާ ބައްދަލު ކުރައްވަނީ
މޯލް މިނިސްޓަރު އަލީ އިހުސާން ސައީދުއާ ބައްދަލު ކުރައްވަނީ


ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނަށް މިއީ އާއްމުކޮަށް ފެންނަ މީހެކެވެ. މުޅިމަގުގައި ހަޅޭ ލަވަމުން އޭނާ ދުވެ އެވެ. މީހުންނާ ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗިހި ކިޔަ އެވެ. އެ ސަރަހައްދުގައި އުޅޭ ޒުވާނެއްގެ އުނދަގޫ ބޮޑު ވެގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. އެ ޒުވާނާގެ މައްސަލަ ޖައްސާތާ ދޮޅު އަހަރުވީ އެވެ. ހައްޔަރުކުރި އަދަދު 30 އަށް އަރަ އެވެ. ހަމަ ގެންގޮސްފަ ދޫކޮށްލަނީ އެވެ. އެންމެފަހުން މިކަން ހައްލު ކުރަން ދައުލަތުގެ ސަމާލު ކަމަށް ގެންނަން ބީއެމްއެލްގެ އިސް މަގާމެއް ފުރަމުން ގެންދާ މުހައްމަދު ސައީދު މިވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފަ އެވެ. އެ ހަރަކާތައް 24 ގަޑިއިރު ވެގެން ދިޔައިރު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފަ އެވެ.

ރޭގެ ވަގުތެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ ސައީދުއާ ބައްދަލުކޮށްފަ އެވެ. 

Uploaded image



ސައީދު ހަޅުތާލަށް ދިޔަ ސަބަބުތަް 

މަގުން ހިނގާފައިދާ އާންމުންނާ ދިމާލަށް ފައިރިޝް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ހަޅޭއްލެވުން.
މަގުމައްޗަށް ސައިކަލުތައް ވައްޓައި އެހެން ސަރަހައްދުތަކުން ބޯޑުތައް ދަމައި ގެނެސް މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން.
ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނިއެޅުން އޭނާ މިކަން ދެ ފަހަރެއްގެ މަތިން ވީޑިއޯއަށް ރެކޯޑުކުރެވިފައިވޭ)
ބެލްކަނީގައި ހުރެ މަގުމަތިން ހިނގާފައިދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުން
އެއްވެސް އިންޒާރެއް ނެތި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތަޅައި، ހަޅޭއްލެވުން.
ދަންވަރު ބާރަ ޖަހާއިރުން ފެށިގެން ފަތިސް ވަންދެން މެދުކެނޑުމެއް ނެތި އަޑުގަދަކޮށް ހަޅޭއްލެވުން.
ގޭގައި ކުއްޔަށް އުޅޭ މީހުން ވަންނަ ވަގުތުތަކުގައި ފަހަތުން ވަގަށް ގޭތެރެއަށް ވަދެގަތުން.
 
މި މައްސަލަ ފެންމަތިވުމާއެކު އުނދަގޫ ކުރާ ޒުވާނާ ފުލުހުން ވަނީ ހައްުޔަރުކޮށްފަ އެވެ. ނަމަވެސް ސައީދު ހަޅުތާލު ހުއްޓައެއް ނުލަ އެވެ. އޭނާ އެދެނީ މި މައްސަލައަށް ދާއިމީ ހައްލެކެވެ. އެހެންވެ އެކަމުގައި އޭނާ ހުންނަތާ މިވަނީ 24 ގަޑިއިރާ ގާތްވެފަ އެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް