ދަރަނި ދެއްކުމުގެ ކާމިޔާބީއާއެކު، ކުރިމަތިން ފެންނަނީ އަލި ދުވަސްތަކެއް
އިޤުތިޞާދަށް ފެންނަން ފަށާފައިވާ އެންމެ ބޮޑު އެއް އުންމީދަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަށް ދާދިފަހުން އައި ހެޔޮ ބަދަލުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ މާލީ އިދާރާތަކާއި އެހެން ގައުމުތަކުން ވެސް ބަލައިގަންނަ، އަދި ކުރިމަގަށް "ވަރަށް އަލި ދުވަސް ތަކެއް" ކަމުގެ ނިޝާނެއްކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނީގެ ގޮތުގައި މިހާތަނަށް 1.42 ބިލިއަން ޑޮލަރު ދައްކާފައިވާއިރު، ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގުތިސާދު ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުންދާ ކަމުގެ އުންމީދީ އަލި ދުވަސްތަކެއް ފެންނަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ނުވަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ދައުރު ފެށުނު ފަހުން ދަރަނި އަދާކުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށާއި، ދަރަނި ދެއްކުމުގައި އެންމެ ބުރަ އަހަރަކީ މިއީ ކަމަށެވެ. އެހެންނަމަވެސް، ލޯނުތައް ދެއްކުމުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބީއާއެކު ކުރިއަށް އޮތް ތަނުގައި މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤުތިޞާދަށް ފެންނަން ފަށާފައިވާ އެންމެ ބޮޑު އެއް އުންމީދަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަށް ދާދިފަހުން އައި ހެޔޮ ބަދަލުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ މާލީ އިދާރާތަކާއި އެހެން ގައުމުތަކުން ވެސް ބަލައިގަންނަ، އަދި ކުރިމަގަށް "ވަރަށް އަލި ދުވަސް ތަކެއް" ކަމުގެ ނިޝާނެއްކަމަށް ވެސް ވިދާޅުވިއެވެ.
މި އަހަރު ފެށުނުއިރު ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީ އިތުރުވެ އިޤުތިޞާދީ ކުރިއެރުން ރަނގަޅު ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ދައުލަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ސަބްސިޑީއަށް ކަނޑައެޅި 2.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަދަލުގައި، މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީއަށް ޚަރަދުކުރަން ޖެހިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
އެހެންނަމަވެސް، މި ގޮންޖެހުންތަކާއެކު ވެސް ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ތެރެއިން ޚަރަދުތައް މެނޭޖުކޮށް، ރާއްޖޭގެ އިޤުތިޞާދު ރައްކާތެރި އައްސޭރިއަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ފިނޭންސް މިނިސްޓަރު ވަނީ ތަކުރާރުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް