ބީއެމްއެލްއަށް ތާރީޚީ ކާމިޔާބީއެއް: ސާފު ފައިދާ 1.93 ބިލިއަން ރުފިޔާއަށް
ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޚުގައި ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ހޯދައި ތާރީޚީ ކާމިޔާބީއެއް އެ ބޭންކުން ވަނީ ހާސިލުކޮށްފައެވެ. 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކާމިޔާބީތައް:
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ.
މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.
ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިއަން ރުފިޔާއަށް އަރައެވެ.
މި މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރަ އެެވެ.
ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއެކުވެސް މި ނަތީޖާ ހާސިލުކުރެވިފައިވަނީ ލޯނު ދޫކުރުން އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށް ބޭންކުން ބުނެއެވެ. ބޭންކުގެ ރައުސްމާލު ވަރުގަދަކުރެވި، ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ވަނީ 38 އިންސައްތައިގައި ހިފެހެއްޓިފައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރަކީ ބޭންކުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް ކުރިއަރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސެޕްޓެންބަރު މަހަކީ އާންމުކޮށް ބޭރު ފައިސާ ލިބުން ދަށް މަހެއް ކަމުގައިވީނަމަވެސް، ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސީޒަން ފެށުމާއެކު ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވާނެ ކަމަށް ބޭންކުން ލަފާކުރެއެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް