120 ޕޫލް ވިލާއާއެކު ރޯސްވުޑްގެ ރިސޯޓު އަންނަ އަހަރު ހުޅުވަނީ
މި ރިސޯޓުގައި އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރީގެ ޖުމްލަ 120 ވިލާ ތަރައްޤީކުރާނެއެވެ. އޭގެ ތެރޭގައި މޫދު ކޮޓަރިއާއި ގޮނޑުދޮށުގައި ހަދާފައިވާ ކޮޓަރިތައް ހިމެނޭއިރު، ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލެއް ހުންނާނެއެވެ.
ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ ރޯސްވުޑްގެ ފުރަތަމަ ރިސޯޓު، "ރޯސްވުޑް ރަންފަރު" 2027 ވަނަ އަހަރު ދިވެހިރާއްޖޭގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މާލެ އަތޮޅު ދެކުނުބުރީގެ ފަޅެއްގައި ހިމެނޭ ރަށްތަކެއްގައި ތަރައްޤީކުރާ މަތީ ފެންވަރުގެ ރިސޯޓެކެވެ.
މި ރިސޯޓުގައި އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރީގެ ޖުމްލަ 120 ވިލާ ތަރައްޤީކުރާނެއެވެ. އޭގެ ތެރޭގައި މޫދު ކޮޓަރިއާއި ގޮނޑުދޮށުގައި ހަދާފައިވާ ކޮޓަރިތައް ހިމެނޭއިރު، ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލެއް ހުންނާނެއެވެ. އަދި ބައެއް ވިލާތައް ހުންނާނީ ވަކި އަމިއްލަ ރަށްތަކެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ޔޮޓެއްގައި ނަމަ 35 މިނެޓުން، އަދި ސީޕްލޭންގައި ނަމަ 10 މިނެޓުން މި ރިސޯޓަށް ދެވޭނެއެވެ.
ފަތުރުވެރިންނަށް ބޭނުންވާ ތަފާތު ޚިދުމަތްތައް މި ރިސޯޓުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ރޯސްވުޑްގެ ޚާއްޞަ ވެލްނަސް ކޮންސެޕްޓް "އަސާޔާ" ގެ ޚިދުމަތާއި، ފެންވަރު ރަނގަޅު ޖިމަކާއި، ތަފާތު ކެއުންތައް ލިބޭނެ ރެސްޓޯރެންޓްތަކުގެ އިތުރުން ބީޗް ކްލަބެއްވެސް ހިމެނެއެވެ. މީގެ އިތުރުން ޕަޑެލް ކޯޓުތަކާއި، ވޯޓަރ ސްޕޯޓްސްގެ ގިނަ ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްޞަ "ރޯސްވުޑް އެކްސްޕްލޯރާސް ކްލަބް" ވެސް ހުންނާނެއެވެ.
މިއީ ޤަތަރުގެ އެސްތިތްމާރް ހޯލްޑިންގްސްގެ އިންވެސްޓްމަންޓެއްގެ ދަށުން ތަރައްޤީކުރާ ރިސޯޓެކެވެ. ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ރައީސް ރާދާ އަރޯރާ ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ވަރަށް ތަފާތު ހިތްގައިމުކަމެއް ލިބިގެންވާ މަންޒިލަކަށް ވުމާއެކު، އެ ބްރޭންޑުން ބޭނުންވަނީ އެމީހުންގެ އަމިއްލަ ސިފަތަކާއެކު ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް