ހަބަރު

އިމްރާން އިސްވެ ހުންނަވާ ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލައްބާރާ ދެކޮޅަށް ކެމްޕޭނެއް

އިމްރާން މި ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގެ 50 އަހަރުވީ ޓޫރިޒަމް ތާރީހުގައި ތަރައްގީކޮށްފައިވާ 170 ރިސޯޓުގެ އޯނަރުންގެ ގޮތުގައި ދުނިޔޭގެ ނުފޫޒުގަދަ އެތައް ބަޔަކު ހިމެނެ އެވެ. އަދި ރަސްމާލެ ފަދަ 99 އަހަރަށް ދީފައިވާ ޓޫރިޒަމް އަދި ރެސިޑެންސް އެތައް މަޝްރޫއެއް ދަނީ ރާއްޖޭގައި ހިންގަމުންނެވެ. 

19 October 2026
އިމްރާން އިސްވެ ހުންނަވާ ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލައްބާރާ ދެކޮޅަށް ކެމްޕޭނެއް

ރާއްޖޭގެ ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފި އެވެ.

ތައިލެންޑުގެ ޕުކެޓުގައި ދިރިއުޅުއްވަމުން ގެންދަވާ އިމްރާން ވަގުތުގެ ބޭނުން ހިފައި ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގެން، "ދިވެހިންގެ ބިން ދިވެހިން" ގެ ނަމުގައި މި ކެމްޕޭން އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މިއަދު ފަށާ ކަމަކީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަކިވަކިން އިވެމުން ދިޔަ އަޑުތައް އެއްކޮށްލުން ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއަކީ ދުރާލާ ރާވައިގެން ދިވެހީންގެ ބާރު ރަށްވެހިންގެ އަތުން ނަގައި، ޒަޔަނިސްޓުންގެ އަތްމައްޗަށް ދޫކޮށްލުމަށް ހިންގާ ވަރަށް ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިމްރާން ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު މި މަޝްރޫއުގައި ސޮއިކުރި ފަހުން ތަފާތު އުމުރުފުރާތަކުގެ މީހުންނާއި ދިރާސާކުރާ މީހުންނާއި ރައްޔިތުން އަންނަނީ، ރަސްމާލޭން ބައެއް އީގަލް ހިލްސްއަށް ވިއްކުމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ރަސްމާލެ މަޝްރޫއު ހުއްޓާލުމާ ހަމައަށް މި ހަރަކާތް ކުރިއަށްދާނެ ކަމަށާއި، ޒަޔަނިސްޓުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ ބިމުން އެންމެ ވެލި ފުކެއް ވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.

ނަމަވެސް އިމްރާން މި ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގެ 50 އަހަރުވީ ޓޫރިޒަމް ތާރީހުގައި ތަރައްގީކޮށްފައިވާ 170 ރިސޯޓުގެ އޯނަރުންގެ ގޮތުގައި ދުނިޔޭގެ ނުފޫޒުގަދަ އެތައް ބަޔަކު ހިމެނެ އެވެ. އަދި ރަސްމާލެ ފަދަ 99 އަހަރަށް ދީފައިވާ ޓޫރިޒަމް އަދި ރެސިޑެންސް އެތައް މަޝްރޫއެއް ދަނީ ރާއްޖޭގައި ހިންގަމުންނެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް