ހަބަރު

ރަސްމާލެ ޕްރޮޕަޓީތަކުގެ 99 އަހަރުގެ އެއްބަސްވުން އޮޓޯއިން އަލެއް ނުވާނެ : ރައީސް

ރައީސް ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލުމަށް ވާހަކަ ފަތުރަމުންދިޔަ ނަމަވެސް، އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށެވެ. އަދި 99 އަހަރުގެ މުއްދަތު ހަމަވުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުން އެ ޕްރޮޕަޓީތައް ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

20 October 2026
ރައީސް ޑރ. މުއިއްޒު ޕޯޓް މަޝްރޫއު ބައްލަވައި ލައްވަނީ

-- ރައީސް އޮފީސް ފޮޓޯ
ރައީސް ޑރ. މުއިއްޒު ޕޯޓް މަޝްރޫއު ބައްލަވައި ލައްވަނީ -- ރައީސް އޮފީސް ފޮޓޯ

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދޫކުރި ނަމަވެސް، އެ އެއްބަސްވުން އޮޓޯއިން ރިނިއު ނުވާނެ ކަމަށާއި އެ މުޢާމަލާތްތަކުން އެންމެ ބޮޑު ފައިދާއެއް ލިބޭނީ ދައުލަތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލުމަށް ވާހަކަ ފަތުރަމުންދިޔަ ނަމަވެސް، އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށެވެ. އަދި 99 އަހަރުގެ މުއްދަތު ހަމަވުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުން އެ ޕްރޮޕަޓީތައް ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުޢާމަލާތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބި ސަރުކާރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. މީގެއިތުރުން، ހުޅުމާލެ ހިއްކިއިރު ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިފައި ނެތުމުން މީހުން ދިރިއުޅެން ފެށުމުގެ ކުރިން އިންވެސްޓްމަންޓުތައް އައިސްފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވަނީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ދިރިއުޅެވޭނެފަދަ ތަރައްޤީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް