ރައީސް އޮފީހާއި، މަޖިލީހާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ އިތުރުން ސުޕްރީމް ކޯޓުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައެއްގައި، އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން މިއަދު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީގައި ހުއްޓައެވެ.
ޒިހާން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކުރުމަށް ހިތްވަރުދީފައިވެއެވެ. އަދި އެތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ. ނަމަވެސް، އެ ޕޯސްޓް ކުރި ޖެހިތާ ގަޑިއިރެއްހާ އިރުގެ ތެރޭގައި އޭނާ ވަނީ އެ ޕޯސްޓް އަމިއްލައަށް އުނިކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކުރުމަށްފަހު އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭރު އޭނާގެ އަރިސް ފަރާތްތަކުން ބުނެފައިވަނީ ސިފައިންގެއިން ވަކިކުރީ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް