ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ނުޖެހޭ ގޮތަށް މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ނުޖެހޭ ގޮތަށް މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރާއްޖެއަށް ފަތުރުވެރިން ބުކިން ހަދައިދޭ އޯފްޝޯ ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ (TGST) ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އެ ގާނޫނުން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމާ ގުޅޭ މާއްދާތައް އުވާލުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިއަދު ވަނީ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފައެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ އެޖެންޓުންނާއި އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގޮތަށް ހެދުމުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުންނާއި ބޭރުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ލިބިފައިވެއެވެ.
ރާއްޖެއާއި ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެސްޓިނޭޝަން ޕްރިންސިޕަލް" ގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް އަވަސް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައެވެ.
އާމްދަނީގެ އަންދާޒާ:
ކުރިން ގާނޫނަށް ގެނައި ބަދަލާއެކު އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާއާއެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ނަމަވެސް، ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލައި ސަރުކާރުން މިހާރު ވަނީ އެ ނިންމުން މުރާޖައާކޮށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް