މަގުމަތީ އެކްސިޑެންޓްތައް ތަހުގީގު ކުރަން ފުލުހުން ހާއްސަ ޑްރޯނެއް
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ތަހުގީގުތައް އަވަސްކޮށް، ފެންވަރު ރަނގަޅުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދެއެވެ.

މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްމާޓް ޑްރޯން އިންވެސްޓިގޭޝަން ސޮފްޓްވެއަރ އަކީ މުޅި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފުލުހުންނާއި، ސިފައިން އަދި ތަހުގީގީ އިދާރާތަކުން ކުށްތައް ތަހުގީގުކުރުމަށާއި، ގެއްލޭ މީހުން ހޯދުމަށާއި، އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެކެވެ.
މިފަދަ ސޮފްޓްވެއަރ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ މައިގަނޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
އެމެރިކާ
އިނގިރޭސިވިލާތް
ޗައިނާ
އިސްރާއީލު
އޮސްޓްރޭލިއާ
އެކުވެރި އަރަބި އިމާރާތް
އިންޑިއާ
މި ސޮފްޓްވެއަރތަކުގެ އެހީގައި ޑްރޯން އުދުހުނު މަގުތަކާއި ނަގާފައިވާ ފޮޓޯއާއި ވީޑިއޯ، އަދި ޑްރޯން އޮޕަރޭޓްކުރި މީހާ ހުރި ލޮކޭޝަން ފަދަ މުހިންމު މަޢުލޫމާތުތައް ތަހުގީގުތަކަށް ހޯދައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް