ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރިއަށް އޮތް 2 އަހަރު ތެރޭ 200 މިލިއަން ޑޮލަރުގެ ވިޔަފާރި ހިންގަން އެއްބަސްވެއްޖެ
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު އިއުލާންކުރައްވައިފިއެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު އިއުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުންwait ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މަތީ ފެންވަރުގެ މަޝްވަރާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި 20 ދާއިރާއަކުން އެމްއޯޔޫތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުން:
މިހާރުގެ ހާލަތު: ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ވެފައިވާއިރު، މިހާތަނަށް އަހަރަކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ޖުމްލަ އަގަކީ އެންމެ 13.9 މިލިއަން ޑޮލަރެވެ.
އައު އަމާޒު: ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް މަތިކުރުމަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ސޮއިކުރެވުނު މުހިންމު ދާއިރާތައް: ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޚާއްސަ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ޤާއިމުކުރި 10 ޤައުމުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ. ދީނީ އެއްބައިވަންތަކަމާއި ސަގާފީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ މި ގުޅުމުގެ ތެރެއިން ޕާކިސްތާނުން ވަނީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހީތެރިކަންތަކެއް ފޯރުކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ބައެއް ކަންތައް
ޢުމްރާނީ ތަރައްޤީ: ރާއްޖޭގެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީސްކުރާ ގެ އިމާރާތްކޮށްދިނުން.
ތަޢުލީމީ ދާއިރާ: ޕާކިސްތާނުގެ އެހީގައި ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރުން (މި ކޮލެޖުން ތަޢުލީމު ހާސިލުކުރި ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ 2024 ގައި އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައެވެ).
ކާރިސާތަކުގައި އެހީތެރިވުން: 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ޕާކިސްތާނު ނޭވީގެ އެހީގައި، ރާއްޖޭގައި ތާށިވެފައި ތިބި 300 އަށްވުރެ ގިނަ ފަތުރުވެރިން ސަލާމަތްކޮށްދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް