ސިޔާސީ

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަނީ

ކައުންސިލަރުންނަށް ވެސް އިތުރު 5000ރ. ގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައި

21 October 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ވަޒީރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ތިން ކަމެކެވެ. އެއީ؛  

  1. މަޖިލީހުގެ ރައީސަށް އިތުރު އެލަވަންސެއް ހަމަޖެއްސުން

  2. ސަރުކާރުގެ ވަޒީރުންނަށް ކާރު އެލަވަންސް ބޮޑު ކުރުން

  3. ރަށު ކައުންސިލަރުންނަށް އިތުރު އެލަވަންސެއް ދިނުމަށެވެ.

    އެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

މުސާރަ އަށް ގެންނަ ބަދަލުތައް

  • މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125ރ. އެވެ. މުސާރަ ބޮޑު ވަނީ 95،125ރ. އަށެވެ.

  • ވަޒީރުންގެ މިހާރުގެ މުސާރައަކީ 58،500ރ. އެވެ. މުސާރަ ބޮޑު ވަނީ 75,500ރ. އަށެވެ.

  • ކައުންސިލް ރައީސްގެ މިހާރުގެ މުސާރައަކީ 25،500ރ. އެވެ. މުސާރަ ބޮޑު ވަނީ 30،500ރ. އަށެވެ.

  • ކައުންސިލްގެ ނައިބު ރައީސްގެ މިހާރުގެ މުސާރައަކީ 20،000ރ. އެވެ. މުސާރަ ބޮޑު ވަނީ 25،000ރ. އަށެވެ.

  • ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 18،000ރ. އެވެ. މުސާރަ ބޮޑު ވަނީ 23،000ރ. އަށެވެ.

އިދާރީ މޭޒުން ކޮމިޓީއަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވާ ގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ މަޖިލިސް ރައީސަށް ލިބޭ ޖުމްލަ މުސާރަ މަޖިލީހުގެ ނައިބު ރައީސާއި އާންމު މެންބަރުންނަށް ވުރެ ކުޑަ ވުމެވެ.

  • މަޖިލީހުގެ ނައިބު ރައީސަށް މިހާރު ލިބެނީ 91،000ރ. އެވެ.

  • މެންބަރުންނަށް ލިބެނީ 82،500ރ. އެވެ. 

    ވަޒީރުންގެ މުސާރަ ބޮޑު ކުރާ ސަބަބެއް ކަމުގައި ބުނެފައި ވަނީ މި ފަހުން ސަރުކާރުން މުސާރަތައް މުރާޖާ ކުރިއިރު މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެންބަރުންނަށް މިހާރު 91،000ރ. އާއި 81،000ރ. ދެމެދުގެ މުސާރައެއް ލިބޭތީ ވަޒީރުންގެ މުސާރަ އެއް ހަމަކުރުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް