މާލެ ފެނުގައި ؛ ވުޒާރާތަކާއެކު ސިފައިން އެހީތެރިވުމުގައި
ސިފައިން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށާއި ވެލި ބަސްތާޖެހުމަށް އެމްއެންޑީއެފް ފަޔަާ އެންޑް ރެސްކިޔު ސަރވިސް އަދި މާލޭ އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުން ގޯސްވެ މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމާއި ވެެލި ބަސްތާ ޖެހުމުގެ މަަސައްކަތް ފަށައިފި އެވެ.
ސިފައިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވެސްޓް ޕާކް އާއި އައިޖީއެމްއެޗް އަދި މާފަންނު ފެރީ ޓާމިނަލް، ބޮޑުވަޅު، ކުޑަކުދިންގެ ބަގީޗާ، ސަލްމާން މިސްކިތް، ޖެލީ ޕިއްޒާ، ސުވިމިން ޓްރެކް އަދި މާފަންނު މަދަރުސާ، މި ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސިފައިން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށާއި ވެލި ބަސްތާޖެހުމަށް އެމްއެންޑީއެފް ފަޔަާ އެންޑް ރެސްކިޔު ސަރވިސް އަދި މާލޭ އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނީ ވެލި ބަސްތާ ޖެހުމުގައި މާލެ ސިޓީ ކައުންސިލާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް