އިގްތިސާދު

އަންނަ އަހަރު މި ސަރަހައްދުން އިންފްލޭޝަން އެންމެ ދަށްވާނީ ރާއްޖޭގަ ؛ އައިއެމްއެފް

މި ތަފާސްހިސާބުތަކުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، 2027 ވަނަ އަހަރު ސާކް ޤައުމުތަކުގެ ތެރެއިން އިންފްލޭޝަން އެންމެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމެވެ. ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާކޮށްފައިވަނީ 2.5% ގައެވެ.   

22 October 2026
އަންނަ އަހަރު މި ސަރަހައްދުން އިންފްލޭޝަން އެންމެ ދަށްވާނީ ރާއްޖޭގަ ؛ އައިއެމްއެފް

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އަންނަ އަހަރު އިންފްލޭޝަން އެންމެ ދަށްވާނީ ރާއްޖޭގެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 2.5 ޕަސެންޓުގަ އެވެ. 

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންފްލޭޝަން އެންމެ މައްޗަށް ދާނެކަމަށް ލަފާކޮށްފައިވަނީ ބަންގްލަދޭޝްގައެވެ. އެގޮތުން ބަންގްލަދޭޝްގެ އިންފްލޭޝަން ރޭޓް 10.9% އަށް ހުންނާނެ އެވެ. ދެވަނައަށް އެންމެ އިންފްލޭޝަން މަތިވާނެކަމަށް ލަފާކޮށްފައިވަނީ ޕާކިސްތާނުގައެވެ. ޕާކިސްތާނުގެ އިންފްލޭޝަން 9.9% ގައި ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ސާކް ގައުމުތަކުގެ އިންފްލޭޝަން ހުންނާނެ މިންވަރު

ބޫޓާން: 6.5% 
ނޭޕާލް: 5.8% 
ސްރީލަންކާ: 5.4% 
އިންޑިއާ: 4.4%   

މި ތަފާސްހިސާބުތަކުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، 2027 ވަނަ އަހަރު ސާކް ޤައުމުތަކުގެ ތެރެއިން އިންފްލޭޝަން އެންމެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމެވެ. ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާކޮށްފައިވަނީ 2.5% ގައެވެ.   

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް