ހަބަރު

ފިލްމީ ތަރިންގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމަށްފަހު ބަންދުން ދޫކޮށްލައިފި

ވިލިމާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހަށް ފޮނުވުމަށްފަހު އެ އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

22 October 2026
ފިލްމީ ތަރިންގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމަށްފަހު ބަންދުން ދޫކޮށްލައިފި

ވިލިމާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްފަހު އެ އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަޝްހޫރު ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއިލް ޖުމައިހް އާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މީގެ ކުރިން ބަންދުން ދޫކޮށްލާފައެވެ. އަދި ހަތަރުވަނައަށް ހުރި މީހާވެސް މިއަދުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މައްސަލައިގެ ކޯޓު މަރުހަލާ ކުރިއަށްދާއިރު އެ މީހުން އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރެއް ކޮށްފިނަމަ، އެ އަމުރާ އެއްގޮތަށް އަމަލުކުރަމުންދާނެ ކަމަށެވެ.

މި ހަތަރު މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި:

  • އެ ހަތަރު މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރި ކަމަށް އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ބަޔާންތަކުން އެނގެއެވެ.

  • ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ މިންވަރު ޑްރަގް ޓްރެފިކިންގގެ މިންގަނޑަށް އަރާ ކަމަށް ކޯޓު އަމުރުގައިވީ ނަމަވެސް، ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

  • ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އަޒްމީލް، ވިޝާލް އަދި ޝާހިލްގެ ބަންދު ރެކޯޑެއް މީގެ ކުރިންވެސް އޮތްކަން ކޯޓު އަމުރުތަކުން އެނގެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް