ރިޕޯޓް

ޕާކިސްތާނުގެ ޒައިތޫނި ގޮފިކޮޅުން ފެންނަނީ އެ ގައުމުގެ ހިތުގެ ސާފުކަން

ޕާކިސްތާނުން އެ ހަދިޔާއެކުރީ އެ ގައުމުން ދުނިޔޭގެ ބާޒާރަށް ނެރެން އުޅޭ އުފެއްދުމުގެ "ބޭސިކް އިންގްޑިއަންޓް" އެވެ. މި ކުޑަނަމަވެސް މާނަފުން ހަދިޔާއިން ދޭހަކޮށްދޭ ހަގީގީ މާނައަކީ އެ ގައުމުގެ ހިތް ދިވެހިންނާމެދު ސާފުކެމެވެ. ހަގީގަތުގައި ވެސް ޕާކިސްތާނުން ބޭނުންވަނީ ދިވެހިންނާމެދު ގާތް ގުޅުމެއް އުފެއްދުމަށެވެ. 

23 October 2026
ޕާކިސްތާނުގެ ބޮޑު ވަޒީރާއި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޕާކިސްތާނުގެ ބޮޑު ވަޒީރާއި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ފުރަތަމަ ދުވަހު ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އެ ގައުމުން ރާއްޖެ އަށް ޒައިތޫނި ގަހުގެ 100،000 ގޮފިކޮޅު ހަދިޔާ ކުރުމެވެ. ގިނަ ދުވަހުން ހެދޭ ނަމަވެސް ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ ނެތް ޒައިތޫނި ގަހުގެ މި ގޮފިކޮޅުތަކުން ދިވެހިން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ބައެއް މީހުން މި ސުވާލު އުފެއްދި އެވެ. ބައެއް މީހުންގެ ހިތަށް ޖަމާވި ސުވާލަކީ މިވަގުތު ބޭނުންވަނީ ޑޮލަރެވެ. ނަމަވެސް ޕާކިސްތާނުން ރާއްޖެއަށް ދިން 100،000 ޒައިތޫނި ގޮފިކޮޅުން ދޭހަވާ މާނައިގެ ސަރަހަ މި ފެނީ އިއްޔެ ބޭއްވި "މޯލްޑިވްސް ޕާކިސްތާން ބިޒްނަސް" ފޯރަމްއިންނެވެ. މި ގޮފިކޮޅުތައް އެ ގައުމުން ދިވެހިންނަށް ހަދިޔާ ކުރިއިރު މިއީ އަދި އެ ގައުމުގައިވެސް "ނެތް " އެއްޗެކެވެ. ޒައިތޫނި ހައްދައިގެން މި އެކްސްޕޯޓް ކުރަން އެ ގައުމުން ޕްލޭންކޮށްފައިވަނީ މީގެ ފަސް އަހަރު ފަހުންނެވެ. 

އެ ގައުމުގައި އޮތް ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވަމުން ވާހަކަ ދެއްކި އެ ގައުމުގެ ސީނިޔަ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ފަސް އަހަރުފަހުން އެ ގައުމުން ޒައިތޫނީގެ ޕްރޮމިއަމް ބްރޭންޑެއް ދުނިޔެއަށް ނެރޭނެ އެވެ. މާނައަކީ ޕާކިސްތާނުން އެ ހަދިޔާއެކުރީ އެ ގައުމުން ދުނިޔޭގެ ބާޒާރަށް ނެރެން އުޅޭ އުފެއްދުމުގެ "ބޭސިކް އިންގްޑިއަންޓް" އެވެ. މި ކުޑަނަމަވެސް މާނަފުން ހަދިޔާއިން ދޭހަކޮށްދޭ ހަގީގީ މާނައަކީ އެ ގައުމުގެ ހިތް ދިވެހިންނާމެދު ސާފުކެމެވެ. ހަގީގަތުގައި ވެސް ޕާކިސްތާނުން ބޭނުންވަނީ ދިވެހިންނާމެދު ގާތް ގުޅުމެއް އުފެއްދުމަށެވެ. 

ރާއްޖޭގެ އެންމެ މަތީ ވެރިޔާ 12 އަހަރުފަހުން ޕާކިސްތާނަށް ކުރައްވާ މި ރަސްމީ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ގުޅުން ބަދަހި ވެގެންދާނެ އެވެ. މިކަން ވެގެންދާނި އިންޑިއާ ކަނޑުގެ ހަމަޖެހުމަށްވެސް މުހިންމު ގުޅުމަށެވެ. މި ކަނޑުގެ އޮއެވަރާއި ދިޔަވަރަށްވެސް އަންނާނެ ބަދަލަށެވެ. މި ފަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވަނީ 20 މުއާހަދާއެއްގައި ސޮއިކޮށްފަ އެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ. ޕާކިސްތާނުގެ ގައުމީ އެއާލައިން ރާއްޖެއަށް ފެށުމުގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިންވެސް އެ ގައުމަށް ފަށަން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން މިހާރު ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަހަރެއްގެ މައްޗަށް ހިންގާ 13 މިލިއަން ޑޮލަރުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް ގެންދިއުމަށް އެއްބަސްވެފަ އެވެ. ޕާކިސްތާނަކީ ހަގީގަތުގައި ވިޔަފާރީގެ މައިގައުމެވެ. އެ ގައުމަކީ ބޭސްވެރިކަމުގެ ފެކްޓަރީއެކެވެ. އެ ގައުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ތިބި ގައުމެވެ. މިއީ މެޑިކަލް ޓޫރިޒަމް ވެސް ފުޅާ ކުރެވޭނެ ގައުމެވެ. މި ހުރިހާ ގޮތްތަކުން މި ގުލުން ބަދަހި ވެގެންދާނެތަން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ އެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް