އިގްތިސާދު

އިސްލާހީ ފިޔަވަޅުތަކާއެކު 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި ސަރުކާރުން ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ ދައުލަތަށް އާމްދަނީ ވަންނަ މިންވަރު އިތުރުކޮށް ދަރަނީގެ ހާލަތު ހަމަޔަކަށް އެޅުވުމަށް ކަމަށެވެ. އެގޮތުން ފެށި އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

24 October 2026
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ސަރުކާރުގެ "ހޯމް ގްރޯން" ފިސްކަލް ރިފޯމް އެޖެންޑާގެ ދަށުން ފާއިތުވި މުއްދަތުގެ ތެރޭގައި 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އަދާކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި ސަރުކާރުން ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ ދައުލަތަށް އާމްދަނީ ވަންނަ މިންވަރު އިތުރުކޮށް ދަރަނީގެ ހާލަތު ހަމަޔަކަށް އެޅުވުމަށް ކަމަށެވެ. އެގޮތުން ފެށި އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމުގައި އެކައުންޓިން ދާއިރާގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ޒަރީރު ވިދާޅުވީ، ވިޔަފާރިތަކުގެ އިތުރުން ސަރުކާރުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ވެސް އެކައުންޓިން ދާއިރާގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރާ ހިސާބަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ އަމާޒަށް ވާސިލްވުމަށްޓަކައި އިގްތިސާދު ޑައިވާސިފައިކޮށް، ފައިނޭންޝަލް ސެކްޓަރު ވަރުގަދަކޮށް، ޑިޖتالް އިގްތިސާދެއް ބިނާކުރަންޖެހޭ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ އިތުބާރު ހުރި، ދެފުށް ފެންނަ މާލީ ނިޒާމެއް ގާއިމުކުރެވި، މާލީ މައުލޫމާތުތައް އާންމުވެގެން ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް