ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ދެ ކަނބަލުންގެ މާލީ ބަޔާން : 6 މަހުގެ އާމްދަނީ މިލިއަނަކާ ގާތްކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 987،951 ރ. ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ލިބިވަޑައިގެންފައިވާ ކަން، ރައީސް އޮފީހުން އާންމުކުރި މާލީ ބަޔާނުން ދައްކައިފިއެވެ.

07 October 2026
ރައީސް ޑރ. މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު 

-- ފޮޓޯ : ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު -- ފޮޓޯ : ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 987,951 ރ. ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ލިބިވަޑައިގެންފައިވާ ކަން، ރައީސް އޮފީހުން އާންމުކުރި މާލީ ބަޔާނުން ދައްކައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން، މިދިޔަ ހަ މަސްދުވަހު ރައީސް މުއިއްޒަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ 705,024 ރުފިޔާއެވެ. އަދި ފަސްޓް ލޭޑީ ސާޖިދާއަށް 282,927 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، މިއީ ދެކަނބަލުންގެ އާމްދަނީ އެއްކޮށްލުމުން ޖުމްލަ 987,951 ރުފިޔާއެވެ.

ރައީސް ޑރ. މުއިއްޒަށް އާމްދަނީ ލިބިވަޑައިގެންނެވި ގޮތް

  • މަގާމުގެ މުސާރަ: 285,024 ރުފިޔާ

  • ގޭކުލި (ހުޅުމާލޭ ރޯ ހައުސް): 240,000 ރުފިޔާ

  • މ. ފިގް (އާއިލާތައް ހިބައިން ލިބިވަޑަައިގެންނެވި ބައިން ) : 180,000 ރުފިޔާ

މެޑަމް ސާޖިދާއަށް އާމްދަނީ ލިބިވަޑައިގެންނެވި ގޮތް:

  • ފަސްޓް ލޭޑީގެ އެލަވަންސް: 199,999.98 ރުފިޔާ

  • ރައީސްގެ އަމިއްލަ ގެކޮޅުން ދެއްވި ފައިސާ: 78,000 ރުފިޔާ

  • ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓްކަމުގެ މުސާރަ: 4,927.32 ރުފިޔާ

ފައިސާގެ އާމްދަނީގެ އިތުރުން ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ބިމުގެ މައުލޫމާތުވެސް މާލީ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި 260,000 ރުފިޔާގެ ކާރަކާއި، ވާރުތަ މުދަލުގެ ގޮތުގައި ލިބިވަޑައިގެންފައިވާ 5.9 މިލިއަން ރުފިޔާގެ އަގުހުރި "ދިމްޔާތު" ބިމާއި، ހއ. ވަށަފަރުގައި އޮތް 1.5 ލައްކަ ރުފިޔާގެ ބިމެއް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް