10 އަހަރު ހިސާބު : 2025 އިން ފެށިގެން ދަރަނި ދަށްވެ، އުންމީދީ މަންޒަރެއް
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2025 ވަނަ އަހަރު އާމްދަނީ ވަނީ 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޚަރަދު 44.2 ބިލިއަން ރުފިޔާގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ ޑެފިސިޓް ވަނީ 3.4 ބިލިއަން ރުފިޔާ އަށް ކުޑަކުރެވިފަ އެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ އިން 2017 އިން ފެށިގެން 2026 ގެ މެދުތެރެއާ ހަމައަށް އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 10 އަހަރު ތެރޭ އާމްދަނީ އިތުރުވިނަމަވެސް ހަރަދު ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް 2025 އިން ފެށިގެން ބަޖެޓުގެ ހަރަދު ދަށްވެ، ބޮޑު ޑެފިސިޓްތަކަކާ ކުރިން ކުރިމަތިލާން ޖެހުނު ނަމަވެސް، ވަނީ އުއްމީދީ މަންޒަރެއް ފެންނަން ފަށާފަ އެވެ.
މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2025 ވަނަ އަހަރު އާމްދަނީ ވަނީ 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޚަރަދު 44.2 ބިލިއަން ރުފިޔާގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ ޑެފިސިޓް ވަނީ 3.4 ބިލިއަން ރުފިޔާ އަށް ކުޑަކުރެވިފަ އެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ނަތީޖާއަށް ބަލާއިރު، 18.9 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު، ޚަރަދުވެފައިވަނީ 19.1 ބިލިއަން ރުފިޔާއެވެ.
މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ، ކުރި ޚަރަދުތައް ބޮޑުތަނުން އިތުރުވެ، ބަޖެޓުގެ ޑެފިސިޓް (ޚަރަދާއި އާމްދަނީގެ ފަރަގު) ވަރަށް ބޮޑަށް މަތިވި އެވެ. ދައުލަތަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުން އައި ނަމަވެސް، ޚަރަދުތައް ވަނީ އެއަށްވުރެ ހަލުވިމިނެއްގައި އިތުރުވެފައެވެ. މިގޮތުން 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 20.2 ބިލިއަން ރުފިޔާ ލިބުނުއިރު، ޚަރަދުވެފައިވަނީ 21.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ އަހަރަކުވެސް ބަޖެޓުގެ ޑެފިސިޓް އައީ ފުޅާވަމުންނެވެ.
ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު ލޮޅުމެއް އައީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެންނެވެ. އެ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 15.2 ބިލިއަން ރުފިޔާއަށް ވެއްޓުނު ނަމަވެސް، ކޮވިޑްގެ ޙާލަތާ ގުޅިގެން ކުރަންޖެހުނު ޚަރަދުތަކާއެކު ޖުމްލަ ޚަރަދު 24.7 ބިލިއަން ރުފިޔާގައި ހުރިއިރު، އެ އަހަރުގެ ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެންމެ ބޮޑު ފަރަގެއް ފެނުނީ 2024 ގައި
ކޮވިޑަށްފަހު އިޤްތިސާދު އިއާދަވެ އާމްދަނީ އިތުރުވާން ފެށި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވި ދިޔުމުގެ ސަބަބުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޚަރަދާއި އާމްދަނީގެ ފަރަގު އެންމެ ބޮޑުވެފައިވަނީ 2024 ވަނަ އަހަރުގައެވެ. އެ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 35.08 ބިލިއަން ރުފިޔާ ލިބުނުއިރު، ޚަރަދު ވަނީ 45.87 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ސަބަބުން އެ އަހަރުގެ ޑެފިސިޓް ވަނީ ރެކޯޑް މިންވަރަކަށް، އާދެ، 10.78 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ކުރީ އަހަރު، 2023 ގައިވެސް މި ފަރަގު ހުރީ ގާތްގަނޑަކަށް ހަމަ މި މިންވަރުގައެވެ (10.74 ބިލިއަން ރުފިޔާ) ގަ އެވެ.
ބަޖެޓުގެ ދަަރަނި ދަށްވިއިރު، މި ސަރުކާރު ވެރިކަމަށް އައިފަހުން ވަނީ ގިނަ އަދަދެއްގެ ލޯނު ދައްކާފަ އެވެ. މިގޮތުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ ލޯނު ވަނީ އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް