އެމްޑީޕީ ޕްރައިމަރީގައި ރަނިންމޭޓުން އިއުލާންކުރާތީ ނަޝީދުގެ ކަންބޮޑުވުން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާ ކެންޑިޑޭޓުން މިހާރުއްސުރެ ރަނިންމޭޓުން އިއުލާން ކުރައްވަމުން ދިއުމާމެދު އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާ ކެންޑިޑޭޓުން މިހާރުއްސުރެ ރަނިންމޭޓުން އިއުލާން ކުރައްވަމުން ދިއުމާމެދު އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 2028 ގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާކަން އިއުލާން ކުރައްވައި، އޭނާގެ ރަނިންމޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވިކަން ހާމަކުރެއްވުމާ ގުޅިގެން، ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ހާއްސަ މެސެޖެއް ފޮނުއްވާފައެވެ.
ރައީސް ނަޝީދުގެ މެސެޖުގެ މުހިންމު ނުކުތާތައް:
ކޯލިޝަން ހެދުމުގެ ޖާގަ: ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު، އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، ކޯލިޝަން އެއްބަސްވުންތައް ހެދޭނެ ފަދަ ސިޔާސީ ޖާގައެއް ބޭއްވުން ނުހަނު މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރަނިންމޭޓަކީ ސިޔާސީ "ކާޑެއް": ރަނިންމޭޓު ކަމަކީ އެހެން ޕާޓީތަކާއެކު ވާހަކަދައްކާއިރު، އެމްޑީޕީއަށް އިތުރު ފައިދާއެއް ނެގުމަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށާއި، އެ ފައިދާ ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިންތިޚާބީ ފޯމިއުލާ: އެމްޑީޕީއަށް އެއްބުރުން އިންތިޚާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ހޯދަންޖެހޭ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބާ މެދު ނިންމަވާ ގޮތެއް ބެލުން މުހިންމު ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ކުރާ ޕީއެންސީ ރޫޅޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރައިމަރީގެ މަސްރަހު
މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ހަތަރު ބޭފުޅެކެވެ:
ފައިސަލް ނަސީމް (ކުރީގެ ނައިބު ރައީސް — ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް)
ފައްޔާޒު އިސްމާއިލް (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން)
އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)
ޑރ. އަހުމަދު ޝަމްހީދު (މެންބަރު، ހުޅުމާލެ ދެކުނު ދާއިރާ)
މި ކެންޑިޑޭޓުންގެ ތެރެއިން ރަނިންމޭޓަކު ރަސްމީކޮށް އިއުލާން ކުރެއްވީ ފައިސަލް ނަސީމް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް