ޓެމޫ ފަދަ ސައިޓްތަކުން ވިޔަފާރި ނުކުރެވޭ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް
ރައީސް ވިދާޅުވީ، އެކަމުގައި ހުރި ދަތިތައް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މިހާރުވެސް ރެއާ ދުވާލު މަސައްކަތް ކުރައްވަނީ އެކަން ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން އޯޑަރު ނުޖެހޭތީ ރައްޔިތުން ކުރަމުންދާ ޝަކުވާތައް އަޑުއައްސަވައި، އެ މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރެއާދުވާލު މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ނުވަ ވަނަ ޕްރޮގްރާމްގައި އާންމު ރައްޔިތަކު ވަނީ ޓެމޫއިން އޯޑަރު ނުޖެހޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އަންހެންމީހާ ބުނީ ސަރުކާރުން ގައުމުގެ ކަންކަން ރަނގަޅަށް ގެންދަވާ ކަމަށާއި ޑޮލަރުގެ މައްސަލަ ވެސް ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ޓެމޫ ފަދަ ސައިޓުތަކުން އޯޑަރު ނުކުރެވުމަކީ އާދައިގެ ނިކަމެތި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ޝަކުވާއެއްކަން އޭނާ ފާހަގަކުރިއެވެ.
އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އެކަމުގައި ހުރި ދަތިތައް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މިހާރުވެސް ރެއާ ދުވާލު މަސައްކަތް ކުރައްވަނީ އެކަން ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޓެމޫ ފަދަ އޮންލައިން ވެބްސައިޓުތަކަށް ފައިސާ ދައްކައިގެން އެއްޗެހި ގަތުމަށް ދަތިތަކެއް ކުރިމަތިވެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެންނެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރީ ސަރުކާރުތަކުން، ޚާއްޞަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަން ޖެހުމެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެކަނިވެސް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހިފައިވެއެވެ.
މިފަދަ ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އަންނަނީ ވާރުތަވެފައިވާ ދަރަނިތައް ހަލާސްކުރަމުންނެވެ. އޭގެ ތެރޭގައި މިއަހަރުގެ އޭޕްރީލް މަހު ކާމިޔާބުކަމާއެކު ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާގެ ރިޒާވް ބޭންކަށް ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން ނުދައްކައި އޮތް ދަރަންޏެއްކަމަށްވާ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިންވެސްޓްކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކަށް ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ވަނީ ފައިސާ ދައްކާ ޚަލާޞްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް