ހަބަރު

ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި 4 މީހަކަށް ފަރުވާ ދެނީ

އަނިޔާވީ ކެފޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް

01 November 2026
ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި 4 މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭގައި ހުންނަ ކެފޭއެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ހާއިރު ހިނގި މި ހާދިސާގައި އެ ކެފޭގައި މަސައްކަތް ކުރާ ހަތަރު ބިދޭސީންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާ ނުވާ ކަމަށާއި ކެފޭގެ އިމާރާތާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެން ގޮސްފައިވާކަން ފާހަގަކުރެވޭ،" ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް