ފުނަދޫ: އަލިފާން ކޮންޓްރޯލް ނުވެ 4 ގެއަކަށް ފެތުރިއްޖެ
މިއަދު ހެނދުނުގެ ވަގުތެއްގައި އެ ހާދިސާ ހިނގާފައި ވަނީ އެ ރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ށ. ފުނަދޫގައި ޕެޓްރޯލް ޝެޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު ގެއަކަށް އަލިފާންގަނޑު ފެތުރިއްޖެ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެ ހާދިސާ ހިނގާފައި ވަނީ އެ ރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާން އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކާފަސް ފަސް ގަރާޖަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ ސަރަހައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރުން އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން އަންނަ އިރު ހދ. ކުޅުދުއްފުށިން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމެއް ވެސް އަންނަނީ އެ ރަށަށް ދަތުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް