10 އަހަރު ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް
އެންމެ ފަހުން ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ކުރިން 2004 އެ ގައުމުގައި އޮތް ސާކް ސަމިޓްގެ ބައްދަލުވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަޑައިގަތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. އެންމެ ފަހުން ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވީ މީގެ 10 އަހަރު ކުރިންނެވެ.
ދިވެހި ދައުލަތުގެ ވެރިން ޕާކިސްތާނަށް
2004 - ސާކް ސަމިޓަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް
2015 - ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން
2026 - ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު
އިންޑިއާ އާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިނުގަންނަވަ އެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ބޮޑު ވަފުދެއް ވަނީ އެ ގައުމަށް ޒިޔާރަތް ކުރައްވައިފަ އެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާ ދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ރައީސް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުންނަވާނީ އެ ގައުމުގަ އެވެ.
މި ދަތުރުފުޅުގެ ތެރޭގައި 12 އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ އެވެ. އޭގެ ތެރޭގައި އިންވެސްޓްމެންޓާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ތިމާވެއްޓާއި ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ދާއިރާ އަދި އަސްކަރީ ދާއިރާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް