ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް
އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، އުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅަކަށެވެ
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3ގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފިއެވެ. އެބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ، ސިފައިންގެ އެންމެ އިސް ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، އުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅަކަށެވެ. އެއީ
ސާޖެންޓް ފަސްޓްކްލާސް (ރިޓަޔަޑް) އިބްރާހީމް ޝަރީފް
ސްޓާފް ސާޖެންޓް (ރިޓަޔަޑް) ޙުސައިން ޢަލީ
ސާޖެންޓް (ރިޓަޔަޑް) ޙުސައިން މަނިކު
ކޯޕްރަލް (ރިޓަޔަޑް) ޢަބްދުﷲ ނަސީމް
ލާންސް ކޯޕްރަލް (ރިޓަޔަޑް) ޢަބްދުﷲ މުފީދު
އެ ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅައި ދެއްވި އެވެ. އަދި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ވެސް ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް