ހަބަރު

މަޝްރޫއުތައް ނިންމަން 59 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ދާނެ

ވަޒީރު މިކަން ހާމަކުރެއްވީ، އެ ވުޒާރާގެ ދަށުން ހިންގަމުންދާ މަޝްރޫއުތައް ނިންމުމަށް ލަފާކުރެވޭ ޖުމްލަ ޚަރަދާއި، މިއަހަރުގެ ބަޖެޓުން އެކަމަށް ކަނޑައަޅާފައިވާ މިންވަރު ސާފުކުރެއްވުމަށް ހުޅުމާލު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އެ ޖަވާބުގައި ވަޒީރު ވިދާޅުވީ މަޝްރޫއުތައް އެއްކޮށް ނިންމުމަށް ޖުމްލަ 58،8 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

19 October 2026
ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މަޖިލީހުގައި މައުލޫމާތު ދެއްވަނީ
ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މަޖިލީހުގައި މައުލޫމާތު ދެއްވަނީ

މިހާރު ހިނގަމުންދާ ތަރައްގީގެ އެކި މަޝްރޫއުތައް އެއްކޮށް ނިންމައިލުމަށް ގާތްގަނޑަކަށް 59 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކުރަންޖެހޭނެކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، އެ ވުޒާރާގެ ދަށުން ހިންގަމުންދާ މަޝްރޫއުތައް ނިންމުމަށް ލަފާކުރެވޭ ޖުމްލަ ޚަރަދާއި، މިއަހަރުގެ ބަޖެޓުން އެކަމަށް ކަނޑައަޅާފައިވާ މިންވަރު ސާފުކުރެއްވުމަށް ހުޅުމާލު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އެ ޖަވާބުގައި ވަޒީރު ވިދާޅުވީ މަޝްރޫއުތައް އެއްކޮށް ނިންމުމަށް ޖުމްލަ 58,8 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ޚާއްސަ އަދަދުތަކެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަޝްރޫއުތައް ހިންގުމަށް މިއަހަރު އެކަށައަޅާފައިވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް އެކަންކަމަށް ފައިސާ ހަމަޖައްސައިދެމުން ގެންދަނީ މާލީ ވުޒާރާއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓައި، އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ. މި ބަޖެޓުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 4.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 2.3 ބިލިއަން ރުފިޔާގެ ތެރެއިން 1.9 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ތިލަމާލެ ބްރިޖަށެވެ. އެ މަޝްރޫއަށް 798 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މަގު ހެދުމަށް 556 މިލިއަން ރުފިޔާ އަދި ބަނދަރު ތަރައްގީކުރުމަށް 393 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް