ޓައުންޝިޕް މޮޑެލް ދިފާއުކުރައްވައި ސައީދު ވިދާޅުވީ ޓްރެންޑާ އެއްގޮތަށް ބަދަލު ނުގެންނަ ނަމަ ޓޫރިޒަމް ފެއިލްވާނެ ކަމަށް
ފަތުރުވެރިކަމުގެ ސިނާއަތަކީ ޒަމާނާ އެއްވަރަށް ބަދަލުތައް ނުގެންނަނަމަ އަމިއްލަ ޒާތުގައި ފެއިލްވާނެ ސިނާއަތެއް ކަމަށާއި، ދުނިޔޭގެ ޓްރެންޑްތަކަށް ނުފެތޭ ގައުމުތައް އެ ދާއިރާއިން ބަލިކަށިވެގެންދާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަސްޓެއިނަބަލް ޓައުންޝިޕް" މޮޑެލް ދިފާއުކުރައްވައިފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ޒަމާނާ އެއްވަރަށް ބަދަލުތައް ނުގެންނަނަމަ އަމިއްލަ ޒާތުގައި ފެއިލްވާނެ ސިނާއަތެއް ކަމަށާއި، ދުނިޔޭގެ ޓްރެންޑްތަކަށް ނުފެތޭ ގައުމުތައް އެ ދާއިރާއިން ބަލިކަށިވެގެންދާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަސްޓެއިނަބަލް ޓައުންޝިޕް" މޮޑެލް ދިފާއުކުރައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރަކު ސޮއިކުރައްވައި މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ސައީދު ވިދާޅުވީ، ކޮންމެ 5 އަހަރާއި 10 އަހަރަކުން ފަތުރުވެރިކަމުގެ މޮޑެލްތަކަށް ބަދަލު ގެންނަންޖެހޭނެ ކަމަކީ 1970 ގެ އަހަރުތަކުން ފެށިގެން ދާއިރާގެ މާހިރުން ގަބޫލުކުރާ ހަމައެއް ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކުން ދުނިޔޭގެ ހޮސްޕިޓާލިޓީ ދާއިރާއަށް ވަދެ، ނުހަނު ބާރަށް ސިނާއަތް ބަދަލުކުރަމުން އަންނައިރު، އެ ޓްރެންޑްތަކާ އެއްވަރަށް ބަދަލުނުވާ ގައުމުތައް ދަނީ ފެއިލްވަމުންނެވެ.
ޕްރޮޑަކްޓް ޑައިވާސިފައިކުރުން: ދުނިޔޭގެ އެންމެ މަޝްހޫރު ހުރިހާ ބްރޭންޑްތަކަކާއި ފައިންޑައިނިން ރެސްޓޯރެންޓްތައް މިހާރު ރާއްޖޭގައި އެބަހުއްޓެވެ. އެހެންކަމުން، ރާއްޖެ ޓްރެންޑުން ބޭރުވިޔަ ނުދީ، އިތުރު އުފެއްދުންތަކެއް ތައާރަފްކޮށް ސިނާއަތް ފުޅާކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ވާހަކަދައްކާފައިވާ ކަމެކެވެ.
ނ. އަތޮޅުގެ މަޝްރޫއު: ޚާއްސަ އިގުތިސާދީ ސަރަހައްދުތަކާ ބެހޭ ގާނޫނު (އެސްއީޒެޑް) އަށް ބަދަލު ގެނެސްގެން ނ. އަތޮޅުގައި ފެށި "ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއަކީ ފަތުރުވެރިކަމުގެ މިފަދަ އައު ޒަމާނީ މޮޑެލްތައް ރާއްޖެއަށް ގެނައުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވާނެ ކަމަށާއި އެއީ ގާނޫނުއަސާސީއާ ޚިލާފު ބަދަލުތަކެއް ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތަކަށް ވެސް މިނިސްޓަރު ރައްދު ދެއްވިއެވެ.
ސައީދު ވިދާޅުވީ ގާނޫނުއަސާސީއާ ޚިލާފުވާނެ އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ގާނޫނު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނާ ބުނުމަކީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ސާފުކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް