ހަބަރު

ކޮމަންވެލްތަކީ މިހާރަށް ވުރެ ހަރަކާތްތެރި އަދި އަވަހަށް އިޖާބަދޭ ޖަމާއަތަކަށް ހަދަން ފޮރިން މިނިސްޓަރު އިރުތިޝާމް ގޮވާލައްވައިފި

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ފައިހަމަކުރުމަށްޓަކައި، ކޮމަންވެލްތަކީ މިހާރަށް ވުރެ ބޮޑަށް ހަރުދަނާ އަދި ހަލުވިކަމާއެކު އިޖާބަދޭ ޖަމާއަތަކަށް ބަދަލުވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

04 November 2026

އެންޓިގުއާ އެންޑް ބާބުޑާގައި ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ސަމިޓް (ސީއެޗްއޯޖީއެމް) ގެ ހަވާސާގައި ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ގައުމުތަކުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ޒަމާނާ އެއްވަރަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަރަމުން އަންނަ ޖަމާއަތެއްގެ ގޮތުގައި އެކުވެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އިގުތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބޭނުންވާ ފައިނޭންސް ހޯދައިދިނުމުގައި ކޮމަންވެލްތުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މާލީ އޮނިގަނޑު އިސްލާހުކޮށް، ކުދި ގައުމުތަކުގެ ނާޒުކު ހާލަތްތަކަށް އެކަށޭނަ ހައްލުތަކެއް ހޯދައިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.

ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައްޔާއި، ޖަމާއަތުގެ އިސް މަގާމުތައް ހަމަޖެއްސުމުގައި ގައުމުތަކުގެ ސައިޒަށާއި މާލީ ގާބިލުކަމަށް ބެލުމެއްނެތި، ހުރިހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި، ގައުމުތަކުގެ މެދުގައި އޮންނަ ޕާޓްނާޝިޕް ވަރުގަދަކުރުމުގައި ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެރުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް