ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު އައިމަން ހައްޔަރުކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

04 November 2026

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަހުގީގުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމުގެ މަރުހަލާއަށް ގެންދިއުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އައިމަން ބަންދުގައި ބަހައްޓާނެ މުއްދަތެއް ކަނޑައަޅާނީ ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރު ނިންމަވާ ގޮތެއްގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސިޓީ ކައުންސިލްގެ ކުރީގެ މެންބަރަކު ހައްޔަރުކޮށްފައި މިވަނީ، ހަމަ އެފަދަ މައްސަލައެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރޭ ހައްޔަރުކޮށްފައި ވަނިކޮށެވެ. ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް