ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އަދި ނައިބު މުގައްރިރަކަށް ފަޒާދު އައްޔަންކޮށްފި
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިއަދު އިއްތިފާގުން އައްޔަންކޮށްފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިއަދު އިއްތިފާގުން އައްޔަންކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ސަލީމާއި، އިގްތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދުގެ ނަންފުޅު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ދެ މަގާމަށް އިތުރު މެންބަރެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. މިއީ މިދިޔަ އަހަރު ވެސް ބަޖެޓު ދިރާސާކުރި ކޮމިޓީގެ ލީޑަޝިޕް އޮތް ގޮތެވެ.
މަޖިލީހުގެ ތަޅުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދާތީ، މުގައްރިރުން ހޮވުމަށް ފަހު ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމާލާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ މުހިންމު ކަންކަން:
ޖުމްލަ އަދަދު: އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރުގެ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ރިކަރަންޓް ޚަރަދު އިތުރުވުން: ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އިދާރީ ހިންގުމުގެ ޚަރަދު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރަށް ލަފާކުރި ވަރަށް ވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސިއްހީ ދާއިރާ: ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 10.2 ބިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް