އެތެރޭގެ ވައިގެ ދަތުރުތައް އަގުހެޔޮކުރަން އާ ސަބްސިޑީއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުމުގެ މަގުސަދުގައި ޚާއްސަ އައު ސަބްސިޑީއެއް ދިނުމަށް ސަރުކާރުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުމުގެ މަގުސަދުގައި ޚާއްސަ އައު ސަބްސިޑީއެއް ދިނުމަށް ސަރުކާރުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ވައިގެ ދަތުރުފަތުރުގެ އަގު ރައްޔިތުންނަށް އަތްފޯރާ ފަށަށް ތިރިކޮށްދިނުމަށްޓަކައި "ނޯތު އަދި ސައުތު ކަނެކްޓިވިޓީ ޕްރޮޖެކްޓް" ހިންގުމަށް ވަނީ ރާވާފައެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުކޮށްދިނުމެވެ.
ޓްރާންސްޕޯޓް ސަބްސިޑީ ބެހިފައިވާ ގޮތް:
މި މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވަނީ ދަތުރުފަތުރުގެ ސަބްސިޑީގެ ތެރެއިންނެވެ:
ޖުމްލަ ސަބްސިޑީ: ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ޖުމްލަ 300 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ވައިގެ ދަތުރުތަކުގެ ސަބަބުން ދޭ ސަބަބު: އޭގެ ތެރެއިން 111 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން ވައިގެ ދަތުރުތަކުގެ ޓިކެޓް އަގުހެޔޮކުރުމަށް ދޭ ސަބްސިޑީއަށެވެ. ނަމަވެސް، މި ސަބްސިޑީ އަމަލީ ގޮތުން ދޫކުރާނެ ވަކި އުސޫލެއް އަދި ބަޖެޓުގައި ހާމަކޮށްފައެއް ނުވެއެވެ.
އާރުޓީއެލް ފުޅާކުރުން: ސަބްސިޑީގެ ބާކީވާ ބައި ބޭނުންކުރާނީ މިހާރު އާރުޓީއެލް ފެރީގެ ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރުމަށާއި، ކަނޑުމަގުން ދަތުރުކުރާ އާންމުންނަށް އަގުހެޔޮކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް