ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކާއެކު ޕްރޮމޯޝަނެއް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި އިނާމުތަކެއް ހިމެނޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި އިނާމުތަކެއް ހިމެނޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ އިތުރުން ބީއެމްއެލް އިސްލާމިކްގެ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެއެވެ. ޝަރުތަކީ ހަފުތާއަކު މަދުވެގެން 1،000 ރުފިޔާގެ ވިޔަފާރިއެއް އެމެކްސް ކާޑުން ކުރުމެވެ.
ވިޔަފާރި ބަލައިގަންނަ ގޮތް:
މި ޕްރޮމޯޝަންގެ ދަށުން ހަފުތާގެ ޚަރަދުތައް ގުނުމުގައި ބަލާނީ:
ޕީއޯއެސް (ކާޑު މެޝިން) މެދުވެރިކޮށް ކުރާ ވިޔަފާރިތައް
ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ހަދާ އޮންލައިން މުއާމަލާތްތައް
ކިއުއާރު ކޯޑު މެދުވެރިކޮށް ކާޑުން ދައްކާ ފައިސާ
ލިބޭ އަގުހުރި އިނާމުތައް:
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިއަކަށް ތަފާތު ހިތްގައިމު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ:
ރިޒޯޓު ޗުއްޓީ: ދެ މީހަކަށް، މަންތާ ރޭ ސްނޯކްލިން ހިމެނޭހެން ރިޒޯޓެއްގައި ދެ ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު.
ގެސްޓްހައުސް ދަތުރު: އިނާމު ލިބޭ ފަރާތުގެ އިތުރުން އިތުރު ހަތަރު މީހުން ހިމެނޭހެން، ބ. ފުޅަދޫ "ވިލާ މިއާ" ގައި ޚާއްސަ ހަރަކާތްތަކާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު.
އެޕަލް ގެޖެޓް ޕެކް: މެކްބުކް، އެޕަލް ވޮޗް އަދި އެއާޕޮޑްސް ހިމެނޭ އެޕަލްގެ ޒަމާނީ އުފެއްދުންތަކުގެ ޕެކޭޖެއް.
ޑިނާ ޕެކޭޖް: ދެ މީހަކަށް ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ރޭގަނޑުގެ ޚާއްސަ ކެއުމެއް.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއީ އާންމު ދިރިއުޅުމުގެ ވިޔަފާރިތަކަށް އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުންނާއި، ކަސްޓަމަރުންނަށް އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް