ބީއެމްއެލްގެ އެހީގައި ޓައިނީ ހާޓްސް އިން "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ނިންމާލައިފި
މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މި ވީޑިއޯތައް ތައްޔާރުކޮށްފައިވަނީ ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަމަށްވާއިރު، މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަ ވީޑިއޯތައް ވެސް ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ ދަށުން ދީފައިވާ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށްޓަކައި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މި ވީޑިއޯތައް ތައްޔާރުކޮށްފައިވަނީ ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަމަށްވާއިރު، މީގެ ތެރޭގައި ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަ ވީޑިއޯތައް ވެސް ހިމެނެއެވެ.

މި ވީޑިއޯތައް ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ޚާއްޞަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން މިހާރު ހިލޭ ބަލާލެވޭނެއެވެ. މީގެ އިތުރުން، ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގުފަހިކުރުމަށްޓަކައި މި ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ކަސްރަތު ކުރުމުގެ ފުރުޞަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ޤައުމީ މަސައްކަތުގައި ބައިވެރިވުމެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ޖީހާން މަޙްމޫދު ވިދާޅުވީ، "ހާޓް ހެލްތީ ރާއްޖެ" މަޝްރޫޢުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، އަދި ކޮންމެ ޙާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަޞީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެން ހިނގައްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ "ބޭންކް ފަންޑު" އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު 5 މަޝްރޫޢެއް ހޮވައި، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމަށްޓަކައި ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް