ވިޔަފާރި

މާލެ ސަރަހައްދުގެ އެންމެ ކޮޓަރި ގިނަ ހޮޓާ، މެންހަޓަން ގްރޭންޑް ހުޅުވައިފި

މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ފެންވަރު ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ހުޅުވި ތަނެކެވެ.

07 November 2026
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި މެންހަޓަލް ހޮޓެލްގެ ވެރިން ހޮޓާ ހުޅުވައްވައި ދެއްވަނީ

-- ޕީއެސްއެމް ފޮޓޯ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި މެންހަޓަލް ހޮޓެލްގެ ވެރިން ހޮޓާ ހުޅުވައްވައި ދެއްވަނީ -- ޕީއެސްއެމް ފޮޓޯ

އެތައް އަހަރެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވާ ފަސް ތަރީގެ އެންމެ ބޮޑު ހޮޓެލް ކަމަށްވާ "މެންހަޓަން ގްރޭންޑް ހޮޓެލް" ހުޅުމާލޭގައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ބޭއްވި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ހޮޓެލް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ.

އެސްޓީއޯއިން ޓޫރިޒަމަށް ނުކުންނަން މި ހޮޓަލުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. މިއީ 34 މިލިއަން ޑޮލަރު އިންވެސްޓްމަންޓެވެ. މި ހޮޓާ ނިންމަން ދަސް ވެރިކަމުގައި 17 އިންވެސްޓަރުން މަސައްކަތްކޮށްގެންވެސް ވަނީ މިހާތަނަށް ނުހުޅުވި އެވެ. ނުވަ ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރިއާއި ސުއިޓްސް ހިމެނެއެވެ. މި ތަނުގައި މީޓިން ހޯލްތަކުގެ އިތުރުން ފްރެންޗައިސް 4 ރެސްޓޯރެންޓްވެސް ހުރެ އެވެ.

މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ފެންވަރު ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ހުޅުވި ތަނެކެވެ.

މި ހޮޓެލް ތަރައްޤީކޮށްފައިވަނީ ހޮޓެލްގެ ކުރެހުންވެސް ނުލިބި، ތަޖުރިބާކާރުން ގެނެސްގެން ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ހޮޓަލުން ދައުލަތަށް ޓެކްސްއާއި އާމްދަނީގެ ގޮތުގައި 3 މިލިއަނެއްހާ ޑޮލަރު ލިބޭނެއެވެ.

ހޮޓަލުގެ 3.5 ފްލޯ ޚާއްޞަކޮށްފައިވަނީ ސަރުކާރުގެ ބޭނުންތަކަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވަޢުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް، އީ-ސްޕޯޓްސް ޔޫތް ސެންޓަރު، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޔޫއޭއީގެ "ޑީޕް ސީފުޑް ކޮމްޕެނީ"ގެ 50 އިންސައްތަ އިންވެސްޓްމަންޓާއެކު ހިންގާ މި ހޮޓެލް ހުޅުވުން ފާހަގަކުރުމަށް މިރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް