3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރި 2 ޓީޗަރުން ހައްޔަރަށް
ސްކޫލެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މަހު 11 ވަނަ ދުވަހު ފުލުހަށް ރިޕޯޓު ކުރި އެއް މައްސަލާގައި ސްކޫލު ޓީޗަރަކު އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަމާ ގުޅިގެން 52 އަހަރުގެ ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ވަނީ 15 ދުވަހަށް ބަންދު ކޮށްފަ އެވެ.
ހަމަ އެ ރަށުން ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެން ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް