ޑްރަގް ވިޔަފާރި ކުރި މީހަކު 25 އަހަރަށް ޖަލަށް
ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ، ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި ޝިނާޒު ދިޔައީ މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންނެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ނޫރީގެ / ގދ. ގައްދޫ، އަލީ ޝަޒީނު (37އ) 25 އަހަރަށް ޖަލަށް ލުމާއެކު 100،000ރ. އިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ، ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި ޝިނާޒު ދިޔައީ މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންނެވެ.
އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެތަނުން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަސް ފޮނުވުމުން ޝިނާޒުގެ މައްޗަށް ކޮށްފައި ވަނީ ދެ ދައުވާއެކެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ޗަނީ ސާބިތުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް